English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ “ޖެޓް ސްކީ ޓުއާ 2021″ގެ ބައިވެރިން މިއަދު އީކުއޭޓަރ އާއި ހުވަދޫ ކަނޑު ހުރަސްކޮށް ދަތުރު ކުރާނެކަމަށް މި ހަރަކާތުގެ ބައިވެރިން ބުނެފިއެވެ.

މިއަދު ހެނދުނު އެ ޓީމް ލ.މާމެންދޫއިން ވަނީ ފުރާފައެވެ. މިޓީމުގެ ބައިވެރިން މާދަމާ ފުވައްމުލަކުގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު ޓީމު އައްޑޫ ސިޓީ މީދޫ އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.

ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ އެންމެ ދެކުނަށް ޖެޓްސްކީގައި ކުރާ މި ދަތުރު މި މަހުގެ 22 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ދަތުރުގެ ތެރެއިން 20 މަންޒިލަކަށް ދަތުރުކުރާއިރު، މި ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މަރަދޫފޭދޫގައެވެ.

13 މީހުން ހިމެނޭ މި ޓީމުގައި ޖެޓް ސްކީ ދުއްވާ ތަޖުރިބާކާރު ހަ މީހުން ތިބި އިރު އިތުރަށް ތިބީ ޖެޓް ސްކީ ދުއްވާ މީހުން ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލު ކުރަން ތިބި ތިން މީހުންނާއި ލޯންޗުގައި ހަރަކާތްތެރިވާ މީހުންނެވެ.

1 ކޮމެންޓް
ލާމު
ސެޕްޓެމްބަރު 30, 2021
އުތުރުން ފެށި ދަތުރެއް އީކުއޭޓަރ ހުރަސް ކުރުމަށްގަހު ހުވަދޫ ކަނޑަށް ނިކުންނާނެ ގޮތެއް އެއީ ނެތްގޮތެއް. ހުވަދޫ ކަނޑު ހުރަސްކޮށް ހުވަދުއަތޮޅު ފަހަނަޅާ ގޮސްޓެން އީކުއޭޓަރާ ހަމައަށް ދެވޭނީ. ލިއުންތެރިޔާ އަށް ދިވެހިރާއްޖެ ނޭނގޭކަން ދޭހަވަނީ. ސުރުޚީ މޮޅުކޮށްލަން ހަދައިގެން ވީގޮގެއްދޯ.