English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ “ޖެޓް ސްކީ ޓުއާ 2021″ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މި އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުނީ ރާއްޖޭގެ މިފަދަ ތަފާތު މުބާރާތްތައް ބޭއްވެން ޖެހޭނެކަމަށާއި މޫދު ކުޅިވަރު ޕްރޮމޯޓް ކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ ހަރަކާތް ކުރިއަށްދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިގެން ކަމަށާއި ދަތުރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާ ކަމަށެވެ.
ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ އެންމެ ދެކުނަށް ޖެޓްސްކީގައި ކުރާ މި ދަތުރު މި މަހުގެ 22 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ދަތުރުގެ ތެރެއިން 20 މަންޒިލަށް ދަތުރުކުރާއިރު 4 ރަށެއްގައި މަޑުކުރާނެއެވެ.
މި ގޮތުން މި ދަތުރުގެ ބައިވެރިން ފުރަތަމަ މަޑުކުރުމަށް ހަމަޖެހިފައިވަނީ ބ. ކުޑަރިކިލި ނުވަތަ ބ. ދަރަވަންދޫ ނުވަތަ ކ،ގާފަރުގައެވެ. ދެވަނަ ރޭ މި ޓީމް މަޑުކުރުމަށް ނިންމާފައިވަނީ ވ.ފުލިދޫ ނުވަތ މ.ދިއްގަރުގައެވެ. ދަތުރުގެ ބައިވެރިން ތިން ވަނަ ރޭ ލ.މާމެންދޫގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު ހަތަރުވަނަ ރޭ މަޑުކުރާނީ ގދ.ގައްދޫގައެވެ، އަދި ފަސްވަނަ ރޭ ފުވައްމުލައް ސިޓީގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު މި އެވެންޓު ނިންމާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ،
13 މީހުން ހިމެނޭ މި ޓީމުގައި ޖެޓް ސްކީ ދުއްވާ ތަޖުރިބާކާރު ހަ މީހުން ތިބި އިރު އިތުރަށް ތިބީ ޖެޓް ސްކީ ދުއްވާ މީހުން ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލު ކުރަން ތިބި ތިން މީހުންނާއި ލޯންޗުގައި ހަރަކާތްތެރިވާ މީހުންނެވެ.