English Edition
Dhivehi Edition
ފޮޓޯ: އެޗްޑީސީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ އެންމެ ދެކުނަށް “ޖެޓްސްކީ ޓުއަރ 2021” ގެ ނަމުގައި ޖެޓްސްކީ ދަތުރެއް ފަށަން ނިންމައިފިއެވެ.

No description available.
ފޮޓޯ:އެޗްޑީސީ

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހު ހުޅުމާލޭ ވޯޓަރ ސްޕޯޓްސް ސަރަހައްދުގައި ބޭއްވި.ހާއްސަ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ، ސުހެއިލް އަހުމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަހްމަދް އާތިފެވެ.

އުތުރުން ދެކުނަށް ފަށަން ނިންމާފައިވާ މި ހަރަކާތް ކުރިއަށްދަނީ ސެޕްޓެމްބަރ މަހު 22ން 27ގެ ނިޔަލަށެވެ. މި ދަތުރުގެ ތެރެއިން 20 މަންޒިލަށް ދަތުރުކުރާއިރު 4 ރަށެއްގައި މަޑުކުރާނެއެވެ. މި ގޮތުން މި ދަތުރުގެ ބައިވެރިން ފުރަތަމަ މަޑުކުރުމަށް ހަމަޖެހިފައިވަނީ ބ. ކުޑަރިކިލި ނުވަތަ ބ. ދަރަވަންދޫ ނުވަތަ ކ،ގާފަރުގައެވެ. ދެވަނަ ރޭ މި ޓީމް މަޑުކުރުމަށް ނިންމާފައިވަނީ ވ.ފުލިދޫ ނުވަތ މ.ދިއްގަރުގައެވެ. ދަތުރުގެ ބައިވެރިން ތިން ވަނަ ރޭ ލ.މާމެންދޫގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު ހަތަރުވަނަ ރޭ މަޑުކުރާނީ ގދ.ގައްދޫގައެވެ، އަދި ފަސްވަނަ ރޭ ފުވައްމުލައް ސިޓީގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު މި އެވެންޓު ނިންމާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ،

No description available.
ފޮޓޯ:އެޗްޑީސީ

މި އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުނީ މި ދަތުރު ފެށިގެން ގޮސް ނިމެންދެން ތަޖުރިބާ ލިބިފައި ހުރި 6 މީހުން ދަތުރުގައި ބައިވެރިވާނެ ކަމަށެވެ. އަދި ޖެޓްސްކީ ދުއްވާ އިތުުރު މީހުން ވެސް ދަތުރުގައި ބައިވެރިވާއިރު އޭގެ ތެރެއިން ބައެއް މީހުން ދަތުރުގެ މެދުތެރެއިން ވެސް ބައިވެރިވާނެ ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.މީގެ އިތުރުން އެ ފަރާތުން ބުނީ މި ހަރަކާތް ކުރިއަށްދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިގެން ކަމަށާއި ދަތުރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާނެ ކަމަށެވެ.

No description available.
ފޮޓޯ:އެޗްޑީސީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މި ހަރަކާތް ހިންގާއިރު މި ހަރަކާތަކީ ފަތުރުވެރިކަމާއި ވޯޓަރ ސްޕޯސްޓްސްއާ އޮތް ގުޅުން ހާމަކޮށްދިނުމުގެ އިތުރުން އެހެން މަޤްޞަދެއް ވެސް މީގައި އެކުލެވިގެންވާ ހަރާކެތެވެ. މި ގޮތުން މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ ހަރަކާތުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ރިކޯޑެއް ހެދުމަކީވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މިކަމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވާނެ ކަމަށް ވެސް ވަނީ ބުނެފައިވެއެވެ. އިތުރަށް އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުނީ ރާއްޖޭގެ މިފަދަ ތަފާތު މުބާރާތްތައް ބޭއްވެން ޖެހޭނެކަމަށާއި މޫދު ކުޅިވަރު ޕްރޮމޯޓް ކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.


މި އިވެންޓަށް ސްޕޮންސާކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާއިރު، މިކަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] ނުވަތަ [email protected] މެއިލް ކުރުމަށް އެދިފައެވެ.