English Edition
Dhivehi Edition

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޖަމްމިއްޔާއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދު ކުރި އިއުލާނެއްގައި ބުނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ 75 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންދެވޭ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި ގޮތުން އިނާމްތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން އެއް ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. އަދި ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ،

  1. އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
  2. ސަސަކަވާ ހެލްތު ޕްރައިޒް
  3. ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
  4. ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، “ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ކެއަރ ފޮރ ދި އެލްޑަރލީ ހެލްތު ޕްރޮމޯޝަން”
  5. ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
  6. ނެލްސަން މަންޑެލާ އަވޮރޑް ފޮރ ހެލްތު ޕްރޮމޯޝަން

ހެލްތް މިނިސްޓްރީން ވަނީ މި އިނާމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2021 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުއަށް ފޮނުވުމަށް އެދިފައެވެ. އަދި މި އިނާމުތަކާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް /https://apps.who.int/gb/awards މި ލިންކް އިން ލިބެން ހުންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު މިޑިވިޜަން (3014473) އަށް ގުޅުއްވުމަށްވެސް މިނިސްޓްރީންވަނީ އެދިފައެވެ.