English Edition
Dhivehi Edition

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރަން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ %5 އާއި %20 އާ ދޭތެރޭގެ އަދަދަކަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. މި ގޮތުން އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް 20% އިތުރު ކުރުމަށް ނިންމާފައިވާކަމަށާއި އެންމެ މަތިން މުސާރަ ލިބޭ މީހުންނަށްވެސް %5 އިތުރުވާނެކަމަށެވެ،

އިތުރަށް މި ބަޔާނުގައި ބުނީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން އަބަދުވެސް މާކެޓު އަގުތަކާ އެއްވަރަށް މުވައްޒަފުންގެ މުސާރަތަކާއި އިނާޔަތްތައް މުރާޖާއާ ކުރާ ކަމަށެވެ. އަދި މިފަހަރު މުވައްޒިފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެހެން މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.