English Edition
Dhivehi Edition
މުހައްމަދު ލަމްއާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމްއޭސީއެލް ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި ލަމްއާން އަށް މި މަހުގެ 1 ވަނަ ދުވަހު އެ މަގާމަށް އައްޔަންކޮށްފައިވާއިރު އެމްއޭސީއެލް ގައި އިސްކޮށް ކުރިން މަސައްކަތް ކުރެއްވި މުޖުތަބާ މަގާމަށް އައްޔަންކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޮމާޝަލްގެ މަގާމު އަދާކުރެއްވި މުޖުތަބާ، 2020 ވަނަ އަހަރުގެ ތެރޭގައި އެ މަގާމުން ވަކިކުރީ އެމްއޭސީއެލް އަށް އާ ސީޕްލޭން ޓާމިނަލް ހިންގޭނެ ކަމަށް ވިދާޅުވެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ޓީއެމްއޭއަށް އެ ތަން ދޭން ދެކޮޅު ހެއްދެވުމާއި ގުޅިގެންނެވެ.