English Edition
Dhivehi Edition
އެމްޔޫ މަނިކު

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން ބުނީ އެމްޔޫ މަނިކު އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަނިކުގެ އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވާއިރު މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާދެއްވީ ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ދަތިތަކެެއް ކުރިމަތިވުމުންކަމަށް ވަނީ ވިދާޅުވެފައެވެ.

2013 ވަނަ އަހަރު އެމްއޭސީއެލްގެ ބޯޑާ ގުޅިވަޑައިގެންނެވި އެމްޔޫ މަނިކު އޭގެ ފަހުން ހުންނެވީ އެކުންފުނީގެ ޗެއާމަންގެ މަގާމުގައެވެ.