English Edition
Dhivehi Edition

ގއ ވިލިނގިލިން އިތުރު 5 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފައްސިވި މީހުންގެ އަދަދު 66 ކަށް އަރައިފިއެވެ.

ވިލިނގިލީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އިތުރު 05 ސާމްޕަލެއްގެ ނަތީޖާ ފައްސިވެފައިވާކަމަށް ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިން ތަކެއްވެސް ހިމެނޭކަމަށް ‘އޭއޯ ނިއުސް’ އަށް ވަނީ ކަށަވަރުވެފައެވެ. މި ކޭސްތަކާއި އެކު ވިލިނގިލީގައި ފައްސިވި މީހުންގެ އަދަދު 66 ކަށް އަރައެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 45 ކަށް ދަށްވެފައެވެ. .

ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި މިމަހު 19 ވަނަ ދުވަހު ވަނީ ވިލިނގިލި މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. ގއ. ވިލިނގިލީގެ އިތުރުން ގއ. ގެމަނަފުށި އަދި ގއ. ދާންދޫވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.