English Edition
Dhivehi Edition

މިއަހަރުގެ 03 ވަނަ ކުއާރޓާގެ ގއ. ވިލިނގިލި ޕޮލިސްޓޭޝަންއާއި އަލަށް ހަވާލުވި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަޢުރޫފް އެރަށުގެ ހިންގާ ދަގެނާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާރވިސަސްގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލަވުމުގައި ދެ މުވައްސަސާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި އަދި ދަގެނާ އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ގާއިމްކުރެވިފައިވާ ތަނަކަށް ވާތީ، ފަރުވާ ހޯދަމުންދާ ކުލައިންޓުން އިތުރަށް މޮނިޓަރކޮށް މަސްތުވާ ތަކެތިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މަޢުރޫފް އިތުރުން، ވިލިނގިލި ޕޮލިސްޓޭޝަންގެ ކުރީގެ އިންޗާރޖް ސާރޖެންޓް އަލީ ސައިފް އާއި ދަގެނާގެ 02 މުވައްޒިފެކެވެ.

މަޢުރޫފް ދަނީ ވިލިނގިލީގެ ގިނަ މުވައްސަސަތާކާއި އެއްކޮށް ބައްދަވުންތަކެއް ބާއްވަމުންނެވެ. އެގޮތުން. ގއ. އަތޮޅު ތަޢުލީމީ މަރުކަޒު، ގއ. އަތޮޅު ހޮސްޕިޓަލް، ގއ. ވިލިނގިލި ކައުންސިލް، ގއ. އަތޮޅު ޕީޖީ އޮފީސް، އިތުރުން ގއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސަސް ސެންޓަރ އާއި ވެސް ވަނީ ބައްދަލުކޮށްފައެވެ.