English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ އެމްޑީޕީ ރައީސް ކަމަށް މުހައްމަދު ނިޒާމު ހޮވިއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލައް ސިޓީގެ ރައީސް ކަމަށް މުހައްމަދު ނިޒާމު އިންތިހާބުވެފައިވަނީ 222 ވޯޓާއެކު އެ މަގާމަށް ވާދަކުރި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އާއި ފުނާޑު ހަސަން ވާސިފު ހުސައިން ބަލިކޮށްގެންނެވެ.

މިއިންތިހާބުގައި ފުވައްމުލައް ސިޓީގެ ނައިބުރައީސް ކަމަށް ހަތަރު ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.މި ގޮތުން އަހުމަދު އަބްދުﷲ، ފުނާޑު/ދިލްޝަންގެ މުހައްމަދު ޝުޖާޢު، ދޫނޑިގަން/ހަނީމޫން، މަރިޔަމް މުހައްމަދު ދީދީ (މަންޗޫ)، މިސްކިތްމަގު/ އިލޫޝަން އާއި ވާދަކޮށް މި މަގާމަށް އިންތިހާބުވީ އަލީ އިއްޒަތު (އިސްސިސް) މިސްކިތްމަގު، އޯކަމް އެވެ. އޭނާއަށް ލިބިފައިވަނީ 189 ވޯޓެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ ރައީސްކަމަށް އިބްރާހިމް ސައީދު މުހައްމަދު، ހޯދަޑު/ ގޮމަތަނަގެ ހޮވިފައިވާއިރު މި މަގާމަށް ކުރިމަތިލީވެސް އޭނާ އެކަންޏެވެ. އެ ދާއިރާގެ ނައިބު ރައީސްކަމަށް 252 ވޯޓާއެކު އިންތިހާބުވެފައިވަނީ އަންވަރު އިބްރާހިމް ދީދީ، ހޯދަޑު/މައިޒާންދޮށުގެ އެވެ، ސެކެރެޓަރީގެ ނާއިބުކަމަށް އާއިޝަތު ނަޝާ މުޙައްމަދު، ދަޑިމަގު/ ނޭޝަމް ހޮވިފައިވާއިރު އެ މާގަމަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެއެވެ.

ފުވައްމުލަކު މެދު ދާއިރާގެ ރައީސްކަމަށް 237 ވޯޓާއެކު ހުޝާމު މުހައްމަދު، މިސްކިތްމަގު/މާކޯނި އިންތިހާބުވެފައިވާއިރު ނާއިބުރައީސް ކަމަށް އަލީ ސައީދު، މާލެގަމް/ޝޭޑީރެސްޓް ހޮވިފައިވަނީ 207 ވޯޓުންނެވެ. ސެކެރެޓަރީގެ ގެ މަގާމަށް އާއިޝަތު އަލީ، އިރަސްމިކްގެ/ މާލެގަމް ހޮވިފައިވާއިރު މައުލޫމާތާއި އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީގެ މަގާމަށް ހަސަން ރާޢީ އިބްރާހިމް، ޝަރަހަ ވަނީ ހޮވިފައެވެ. އެ ދެ މާގާމަށް އިތުރު ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެއެވެ.

ފުވައްމުލައް ދެކުނު ދާއިރާގެރައީސް ކަމަށް އިލްޔާސް މުހައްމަދު، ދޫނޑިގަން /ވައިޓް ސޭންޑް އިންތިހާބުވެފައިވާއިރު ނާއިބުރައީސް ކަމަށް އިންތިހާބުވީ ސުޖާއު މުހައްމަދު، ދޫނޑިގަން، ނިއުވޭ އެވެ. މި ދާއިރާގެ ސެކެރެޓަރީގެ މަގާމަށް އިބްރާހިމް ޝިއާން، ދޫނޑިގަން، ގޯލްޑަން ގޭޓް ހޮވިފައިވާއިރު ސެކެރެޓަރީގެ ނައިބުގެ މަގާމަށް ހޮވިފައިވަނީމުސްލިމާ އިބްރާހިމް، ދޫނޑިގަން ހީރާގެ އެވެ.މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ ގެމަގާމަށް އިންތިހާބުވެފައިވަނީ އައްވާމު އިބްރާހިމް، ދޫނޑިގަން، ކަޅުފެހިގެއެވެ