ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލަ އަކާއި ގުޅިގެން ހުޅުދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މަކަރާއި ހީލަތުގެ މައްސަލަ އަކާއި ގުޅިގެން ހޯދަމުން ދަނީ ސ. ހުޅުދޫ / ކޯޒީކޯނަރ، މޫސާ މަނިކު (33އ)ކެވެ.
ފުލުހުން ބުނީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށެވެ.
ފުލުހުން ވަނީ މޫސާ މަނިކަށް، 2021 އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑީންގަށް ހާޒިރުވުމަށް އަންގާފައެވެ.