English Edition
Dhivehi Edition
މައި މަރުކަޒުގައި އާބަންކޯގެ ނަން އެޗްޑީސީގެ ނަމަށް ބަދަލުކޮށްފައި

‘ބިންވެރިޔާ’ ސްކީމްގެ ދަށުން އުސޫލާ ހިލާފަށް އެޗްޑީސީން ގޯތި ދޫކުރި މައްސަލަ ބަލަމުން އަންނައިރު، މީގެ ތިން ދުވަސްކުރިން އެޗްޑީސީން ވަގަށް ގެންދިޔަ ލެޕްޓޮޕްތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެޗްޑީސީން މައްސަލަ ހުށަހެޅީ ފަރުކޮޅުގައި ހުރި އެ ކުންފުނީގެ އިދާރާއިން ފަސް ލެޕްޓޮޕް މީގެ ތިން ދުވަސް ކުރިން ވަގަށް ނެގި މައްސަލައިގައި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުވާ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ކަމަށާއި ލެޕްޓެޕްތައް ގެއްލުނު މައްސަލައިގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަކަމަށެވެ.