English Edition
Dhivehi Edition
"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މަޖިލިސް

ބަރުލާމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ ބަޔަކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިޚާބުވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 455 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، މިއީ މިހާތަނަށް އެ ޕާޓީން ބޭއްވި އެންމެ ފޯރިގަދަ އެއް އިންތިހާބެވެ. އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށްފައިވާއިރު، ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ގިނަ ކެނޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މި ފަހަރުގެ އިންތިހާބު ބޭއްވިގެން ދިޔައި އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި، ދެ ރައީސުންގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މެޖޯރިޓީ ލިބިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނަށެވެ.