English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަންސާސް ހަތް މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ސޮއިކޮށްފައި ވާކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީއިން ބޭއްވި ޖަލްސާގައި އިބްރާހީމްދީދީ ވިދާޅުވީ އައްޑޫއިން ކަރަންޓް ދާ މައްސަލަ މި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާލަތުގައި ވެސް މި މައްސަލަ ހައްލުކުރުމަށް ފަންސާސް ހަތް މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ސޮއިކޮށްފައި ވާކަމަށެވެ. އަދި ދޮޅު އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ފެށި އައްޑޫއަށް 32 މެގަވޮޓްގެ ކަރަންޓު ލިބިގެން ދާނެކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އިތުރަށް އިބްރާހީމް ދީދީ ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓިއަށް 1.5 މެގަ ވޮޓްގެ ޖަނަރޭޓަރެއް އޯޑަރުކޮށްފައި ވާކަމަށާ މަދުވެގެން ދިހަ ދުވަސްތެރޭ އެ ޖަނަރޭޓަރު އައްޑޫއަށް ލިބިގެން ދާނެކަމަށެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު އެ ސިޓީއިން ފެންކެނޑެން ޖެހޭތޯ ސުވާލު ކުރައްވަމުން އިބްރާހީމްދީދީ ވަނީ ކުރީ ސަރުކާރުން ގައުމު ‘ދަރުވާލި’ ފަސްދޮޅަސް ހަތަރު ބިލިއަން ރުފިޔާއިން އައްޑުއަށް ވާ ފައިސާ ލިބުނު ނަމަ އައްޑޫގެ ފެން ޕްލާންޓް ރަނގަޅުވެ އާ ޕްލާންޓެެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު އައްޑޫގައި ފެނުގެ ޕްރޮޖެކްޓެއް ފަށާ ޕަންޕް ބަހައްޓާފައި ވާކަމަށާ އެ ސިޓީގެ ފެނުގެ މައްސަލަ މިހާރު ރަނގަޅުވެފައި ވާކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.