English Edition
Dhivehi Edition

މިއަދު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ ބަލިކޮށް، އައްޑޫ ސިޓީ މީދޫ ދާއިރާގެ ރައީސްކަން، މަރިޔަމް ނިއުމާ ކާމިޔާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ތާއިދާއެކު، ނިއުމާ މި އިންތިހާބުގައި ވާދަކޮށް މި މަގާމު ކާމިޔާބުކޮށްފައިވާއިރު މިދާއިރާގެ ނައިބު ރައީސަކަށްވެސް ހޮވުނީ އާދިލްއެވެ.

މި އިންތިހާބު ނިއުމާއަށް ކާމިޔާބުކުރެވުމާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަމުން އަންނައިރު، މިއީ އަނެއްކާވެސް މީދޫ ދާއިރާގެ އަންހެން ކަނބަލުންނަށް ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. މީދޫ އަކީ ސަރުކާރުގެ ގިނަ މުވައްސަސާތަކުގެ އިތުރުން ސިޔާސީ ގޮތުންވެސް އިންތިހާބީ ހުރިހާ މަގާމުތަކެއްގައި އަންހެން ކަނބަލުން އިސް ސަފުގައި، ތިއްބެވި ދާއިރާއެވެ.