English Edition
Dhivehi Edition

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި، އެ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނާޒިލް ބަލިކޮށް އަންސަރު މޫސާ މި މަގާމު ކާމިޔާބު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މުޅި ރާއްޖޭއިން އެންމެ ގިނަ ވޯޓު ހޯދައި ގޮނޑި ކާމިޔާބުކުރެއްވި ނާޒިލް، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބަލިވިއިރު، ނާޒިލްއަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި 455 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، މިއީ މިހާތަނަށް އެ ޕާޓީން ބޭއްވި އެންމެ ފޯރިގަދަ އެއް އިންތިހާބެވެ. އިންތިހާބުގެ ކެމްޕެއިން ކުރުމުން ފެށިގެން ވޯޓުލުމާއި ހަމައަށްވެސް ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ.

މި އިންތިހާބަކީ ދެ ރައީސުންނަށްވެސް ވަރަށް މުހިއްމު އިންތިހާބަކަށް ވެގެން ދިޔައިރު، މިހާތަނަށް ލިބުނު ނަތީޖާ ދައްކާ ގޮތުން ކުރީގައި އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ.