English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ އިންތިޚާބް ކަމުގައިވާ ދާއިރާތަކުގެ ވޯޓްލުން 25 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ބާއްވަން ހަމަޖެހި އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިއްޖެއެވެ. ފޯރިގަދަ ކަމާއި ވާދަވެރިކަމާ އެކު މިލެވޭ ވޯޓުގައި އެހެން އިންތިޚާބުތަކާ ތަފާތުކޮށް ވޯޓް ގަނޑު ބާތިލް ވާނެ ސަބަބަކަށް ވޯޓު ކަރުދާހުގައި ކެންޑިޑޭޓްގެ ނަަމާ ދިމާލުން ހެޔޮފާހަގަ ޖެހުން ފިޔަވާ އިތުރު ކުރެހުމެއް، ނިޝާނެއް ނުވަތަ ލިޔުމެއް ލިޔެފަައިވާ ކަރުދާހެއް ނަމަ ވޯޓް ކަރުދާސް އެއްކޮށް ބާޠިލް ވެއެެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދާއިރާ ތަކުގެ އިންތިޚާބުގައި ވޯޓްލުން ކުރިއަށްދާ ވަގުތުގައިވެސް ވޯޓް ފޮށި ބަހައްޓާފައި ހުންނަ ސަރަޙައްދު ނޫން ކޮންމެ ސަރަޙެއްދެއްގައި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެވޭނެ ކަމަށްވެއެވެ. ނަމަވެސް އެހެން އިންތިޚާބު ތަކާ ޚިލާފަށް ވޯޓް ގަނޑުގައި ތާޢީދު ކުރާ ފަރާތަށް ހެޔޮ ފާހަގަ ޖެހުމަށްފަހު އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ވޯޓް ކަރުދާހުގައި ވާނަމަ އެވޯޓް ކަރުދާހެއް އެއްކޮށް ބާތިލް ވާނެކަމަށް ވެއެވެ. މިހެން ނިންމާފައިވަނީ އެކި އިންތިޚާބު ތަކުގައި ވޯޓް ވިއްކާ ފަރާތްތަކުން ވޯޓް ލުމަށްފަހު އެބޭނުންވާ އުޖޫރަ ހޯދުމަށް ވޯޓު އެޅި ކަމުގެ ޔަޤީންކަން ކެންޑިޑޭޓަށް ކަށަވަރު ކޮށްދިނުމަށް ވޯޓް ކަރުދާހުގައި އެކި ކަހަލަ ކުރެހުން ކުރަހާ، ނިޝާންތައް ޖަހާތީ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

ވޯޓް ކަރުދާސް ބާޠިލްވާ އިތުރު ކަންތަައްތަކުގެ ތެރޭގައި އެެއް މަގާމަކަށް ހޮވަންޖެހޭ ކެންޑިޑޭޓްގެ އިތުރަށް ކެންޑިޑޭޓުންގެ ނަމާ ދިމާލުން ފާހަގަ ލުމާއި، ރަނގަޅު ފާހަގަ ނޫން ފާހަގައެއް ކެންޑިޑޭޓް ނަމާ ދިމާލުން ޖެހުމާއި، ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރު ކުރަން ނޭނގޭހެން ދީފައިވާ ވޯޓާއި، ޤާނޫނާއި ޚިލާފަށް ލާފައިވާ ވޯޓެއްކަން އެނގޭ ވޯޓް މިސާލަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ތައްޔާރު ކޮށްފައިވާ ވޯޓް ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ލާފައިވާ ވޯޓާއި އެހެން ދާއިރާއެއްގެ ފޮއްޓަކަށްލާ ވޯޓު ހިމެނެއެވެ. ޞައްޚަ ވޯޓްކަމުގައި ބެލޭވޭނީ އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާލަށް ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާހެވެ.