English Edition
Dhivehi Edition

ރާއްޖެއިން ގަންނަ ކަނޑުމަހުގެ ކިލޯއެއް 25ރ އަށް ބޮޑުކުރާނެކަމަށް އެމް. ޑީ. ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމް. ޑީ. ޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ކުރުމަށް އެމަނިކުފާން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާން ވިދާޅުވީ 17 ދިވެހި ރުފިޔާއަށް ރާއްޖެއިން ގަންނަ މަސް ކިލޯއަށް ރާއްޖެއިން ބޭރުން 350 ދިވެހި ރުފިޔާ ލިބޭ ކަމަށެވެ. އެހެން އެކަން އޮންނަ ކަމުގައިވާނަމަ ކޮންމެ މަސް ކިލޯއަކަށް 8 ރުފިޔާ އިތުރު ކުރެވެން ޖެހޭކަމުގައެވެ. އަދި ކޮންމެ މަސްކިލޯއަކަށް 8 ރުފިޔާ އިތުރުކުރުން އެއީ އެމަނިކުފާންގެ ރިޔާސީ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ރައީސް ނަޝީދުގެ ސަރުކާރުގައި ކަނޑުމަހުގެ އަގު އުފުލިފައިވާ ވަރަށް އެހެން އެއްވެސް ސަރުކާރެއްގައި މަހުގެ އަގު އުފުލިފައި ނުވެއެވެ.