English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވައިން ލޯންޗް ކުރެވުނު ކްލަބް ހައުސް އެމް ޑީ ޕީ ހަރުގެ ލޯންޗިންގް ގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަދި ރައްޔިތުން މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނު ވިލާތުގައި ހުންނަވައި ކްލަބް ހައުސް މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ.

800 އަށް ވުނެ ގިނަ ރައްޔިތުން ބައިވެރިވި ކްލަބް ހައުސް އެމް ޑީ ޕީ ލޯންޗިންގް ގައި ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުޅުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެދިގެން އައީ ވަކި ކަންތައްތަކެއް ޕާޓީގެ މެންބަރުންގެ ހިތުގައި އެކަށަ އެޅިގެން ކަމަށެވެ. އަދި އަސާސް ތަކެއް އެކަށަ އަޅައި، އަސާސް ތަކުގައި ހިފަހައްޓައި އޭގެ ތެރެއިން ލަޑުދަނޑިތައް ހާސިލް ކުރަމުން ކަމަށެވެ. އެމް ޑީ ޕީ އިން އަބަދުވެސް އެދެނީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމަށާއި އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ދިރިއުޅުމަށް ލުޔެއް ހޯދައި ދޭން ކަމަށެވެ. އަދި ދިރިއުޅުން ރަގަނޅު ކުރެވޭނެ ގޮތްތައް ހޯދައި ތަންފީޒު ކުރަމުން ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެމް ޑީ ޕީ އަކީ އަބަދުވެސް ސުލްހަވެރި ހަރަކާތްތަކެއް ހިންގާ ބައެެއް ކަމަށާއި އަދި ހަރަކާތްތަކު ތެރެއިން ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައި ދިނުމަކީ ޕާޓީ އިން ދެކޭގޮތުގައި އަބަދުވެސް ނުހަނު ބޭނުން ތެރި ކަމެއް ކަމަށެވެ. އެމް ޑީ ޕީ އިން އަބަދުވެސް ދެކެނީ ޤައުމުގެ ތަރައްޤީ އަންނާނީ ހާއްސަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށްް ކުރެވިގެން ކަމަށެވެ. އޭގެ ތެރޭގައި ސުލްޙަވެރި އެއްވުންތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިޖްތިމާޢީ ރައްކާތެރިކަމާއި އާންމު ޓެކްސްގެ ނިޒާމެއް ދައުލަތުގައި އޮތުން ފަާހަގަ ކުރެވިއެވެ. އަދި އިތުރަށް ވާހަކަ ދައްކަމުން ރައީސް ނާޝީދު ވިދާޅުވީ ރައްޔިތުންނަށް ބޭސް ފަރުވާގެ ހިދުމަތް ލިބުމާއި ދަރިވަރުންނަށް ތައުލީމީ އުސޫލު ތަކެއް ހަމަޖެހި ދަރިވަރުންނަށް ކިޔެވޭނެ މަގު ފަހިވެގެން ގޮސް ފަށާ ތައުލީމުން ފެށިގެން މަތީ ތައުލީމަށް ކިޔެވޭނެ ގޮތް ވުން ކަމަށެވެެ. މިއަސާސް ތަކަކީ އަބަދުވެސް ދެކެމުން އެމް ޑީ ޕީ އިން ބިނާ ކުރަމުން އަންނަ އަސާސް ތަކެއް ކަމުގައި ވިދާޅުވިއެވެ.

ޓެރަރިސްޓް ހަމަލާއަށް ފަހު ރައީސް ނަޝީދުގެ އަމިއްލަ ފުޅު ހާލަތާއި ރިއާޔަތް ކޮށް ރައީސް ނަޝީދު ވިދާޅުވީ ރައީސްގެ އެތެރެ ހަށީގެ ހާލުކޮޅު ރަނގަޅުކަމަށެވެ. ނަމަވެސް ކަނާތު އިނގިލި ތަކުގައި އައްސިކަމެއް ހުންނަ ކަމަށާއި މެދު އިނގިލީގައި ބަޅު ކަމެއް އެބަ ހުރިކަމަށެވެ. ވައަތު ކަންފަތުގައި އަޑުއިވުމުގެ ދަތި ކަމެއް ހުރި ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ނަޝީދުއަށް އަމާޒުކޮށް މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާގައި ލިބުނު އަނިޔާތަކަަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މެއި 13 ވަނަ ދުވަހުއެވެ.