English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ސްކޫލުތަކަށް ދިމާވެފައިވާ މައްސަލަތަކާއ ގުޅޭ ގޮތުންނާއި، ސްކޫލުތަކުގެ ކުރިއެރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީގެ މަޖިލީސް މެމްބަރުން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ބަދަލުކުރައްވައފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީ ގެ އިސްނެންގެވުމާއި އެކު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު (ދޮންބެ) އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ސްކޫލުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން ދަރިވަރުންގެ ކިޔެވުން ތަރައްޤީ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ގްރޭޑް 1-10 އަށް ކިޔަވައިދޭނީ ކޮން ސްކޫލްތަކެއްގައި ތޯ ކަނޑައެޅުމާއި ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ފުވައްމުލަކު ސްކޫލްތަކުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން ސަރުކާރުގެ ތައުލީމީ މެންޑޭޓް ފުރިހަމަ ކުރުމުގައި އެއްބާރުލުން ލިބޭ މިންވަރާއިގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާއިރު ދާދި ފަހުން އެޑިއުކޭޝަންނަށް މިނިސްޓްރީއަށް ހުށަހެޅުނު ހާފިޒު އަހުމަދު ސްކޫލުގެ ޝަކުވާތަކާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ،