އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށާއި އެކަން މި ސަރުކާރުގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ރައީސް ޔާމީން ޖަލަށް ލެއްވުމަށް ނޫން ކަމަށެޗެ. އަދި އެ މަނިކުފާނު ޖަލަށް ލެއްވުމަށް ނިންމެވީ އިދިކޮޅު ކޯލިޝަނުން މާބޮޑެތި ޖަލްސާތަކެއް ބޭއްވެވުމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ތިން ޖަލްސާއެއް ބޭއްވި ތަނާ ރައީސް ޔާމީން ޖަލަށް ލެއްވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފި ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައިރައީސް ޔާމީންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެކަން ފާހަގަކޮށް އަލީ ވަހީދު ވަނީ މިރެއިން މިރެއަށް ވެސް ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ،