English Edition
Dhivehi Edition

ފުވައްމުލަކު ހޮސްޕިޓަލުގެ އާ މެނޭޖެރަކަށް، އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު އައްޔަންކޮށްފިއެވެ.

ކުރިން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލްގެ މެނޭޖަރަކަށް ހުންނެވީ މިސްކިތްމަގު ރަންދުވަރު އަހުމަދު ސައީދުއެވެ. 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެ ހޮސްޕީަލްގެ މެނޭޖަރަކަށް އަހުމަދު ސައީދު އައްޔަންކުރިއިރު، އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގަ ދަތިކަމަށް ހައްލެއް ހޯދުމަށް އެ ހޮސްޕިޓަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް ކުރަމުން އަންނައިރު އެ ތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހޮސްޕިޓަލްގެ މެނޭޖްމެންޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލަށް އިތުރު ކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމުން ލެބޯޓްރީ ޖާގަ ބޮޑުވެގެން ދިއުމުގެ އިތުރުން ޕީސީއާރް މެޝިން ބެހެއްޓުމަށްވެސް ޖާގަ ލިބިގެންދާނެއެވެ.

ފުވައްމުލައް ހޮސްޕިޓަލަށް އާ އިމާރާތެއް އިތުރުކުރެވޭއިރު ފުވައްމުލަކުގައި، ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ކުރެހުންތައް ތައްޔާރުކުރުމަށްވެސް ވަނީ ހުޅުވާލާފައެވެ.