English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ފޮޓޯ: ޕީއެސްއެމް

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު 2026 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެއްކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.