English Edition
Dhivehi Edition
18 މާރިޗު 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހުރި ދައުލަތުގެ ފައިސާ ހަރަދުކުރަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުުގެ އިންތިހާބު ވަކި ކެންޑިޑޭޓުންތަކަކަށް ކާމިޔާބުކޮށްދިނުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރުު ދާއިރާގެ މެމްބަރު އަހުމަަދު ޝިޔާމް މިއަދު ތުހުމަތުކުރައްވައިފި އެވެ.

ޝިޔާމް މިހެން ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް، މުސާރައިގެ އޮނިގަނޑުތައް އެކުލަވައިލުން އަވަސްކުރުމަށް ގޮވާލައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅުދައްކަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް ތުހުމަތު ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން އެގޮތަށް ކަންތައް ކުރާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް މިހާރު ލިބޭ ކުޑަަ މުސާރަކޮޅު ވެސް ހަމައަށް ނުލިބި އެބަތިބި ކަމަށެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރައްވަމުން ގެންދަވަނީ ކޯލިޝަންގެ ފާޓްނަރުން ރުއްސުމަށްކަމަށެވެ.