English Edition
Dhivehi Edition

ގއ. ވިލިނގިލީ ފުލޫ ކުލިނިކަށް ދެއްކި މީހަކު ފައްސިވުމާއި ގުޅިގެން އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ އޭޢޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލޫ ކުލިނިކަށް ދެއްކި މީހަކު ފައްސިވުމާއި ގުޅިގެން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ކަމަށާއި މިހާރު ކޮންޓެކްޓް ޓްރެސިން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަމަށް ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ، ކޮވިޑް19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

އެ އެންގުމުގައި ބުނެފައިވަނި، އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށެވެ. އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.

މި ވަގުތު ގއ ވިލިނގިލި އިތުރުން ގއ ގެމަނަފުށި އަދި ގއ މާމެންދޫވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.