English Edition
Dhivehi Edition

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަ ބައްލަވައި ދެއްވުން އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މައްސަލަ އެއް ހުށަހަޅުއްވައިފިއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާއަށް އެޑްރެސް ކުރައްވައި ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ މަހާއި މި މަހުގެ ތެރޭގައި ނާޒިމްގެ ފޯނުން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުއްވި މެސެޖްތަކެއް ޝުޖާއު ޓްވިޓާގައި ލީކް ކޮށްފައިވާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދިފައެވެ.

ނާޒިމްރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަން ހާމަވާ ފަދަ ހެކިތަކެއް، ޝުޖާއު އުސްމާން ޓުވިޓާގައި ހިއްސާކުރުމާއެކު، ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ފެށިފައެވެ.

ޝަރުއީ ނިޒާމަށް، ނާޒިމް އަބްދުއްސައްތާރު ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް