English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ރޯދަ މަހުގެ ފަހު 10ގައި ކޯޓުތަކުން ފޯރުކޮށްދޭނީ ތިން ހިދުމަތެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކުގައި ކޯޓުތަކުން ފޯރުކޮށްދޭނީ ވަކި ހިދުމަތްތަކެއް، ވަކި އިންތިޒާމެއްގެ ދަށުން ކަމަށެވެ.

އެގޮތުން އެ ދުވަސްތަކުގައި ކޯޓުތަކުން ފޯރުކޮށްދޭނީ ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރުމާއި، ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދު ކުރުމުގެ ހިދުމަތްކަމަށް ޑީޖޭއޭ އިން މިއަދު ބުންޏެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ، އެ ދުވަސްތަކު ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ސަރުކާރުގެ އޮފީސްތަކުން ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.