English Edition
Dhivehi Edition

އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި ފުލުސް މީހާގެ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިންވެސް ވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް މި މަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރި ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ. މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައި ނުވާތީ އިއްޔެ ރައްޔިތުން ނިކުމެ ކުރި މުޒާހަރާގެ ތެރެއިންނެވެ.

ޖިންސީ ގޯނާގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަމުން އަންނައިރު ފުލުހުން ބުނީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.