English Edition
Dhivehi Edition

ގދ. ނަޑެއްލާގެ އާންމު މުޖްތަމައުން ކޮވިޑް-19އަށް ފައްސި ކޭސްއެއް ފެނިއްޖެއެވެ.

ކޮވިޑްގެ އަލާމާތެއް ހުރެގެން 16 ސެޕްޓެމްބަރު 2021 ގައި ސާމްޕަލް ނެގިފައިވާ މި ފަރާތް 18 ސެޕްޓެމްބަރު 2021 ގައި ވަނީ ކޮވިޑް-19 ބައްޔަށް ފައްސިވެފައެވެ.

”އޭ އޯ ނިއުސް“ އަށް މައުލޫމާތު ދެއްވަމުން ގދ. ނަޑެއްލާ ކައުންސިލްގެ ނާއިބް ރައީސް ފައިސަލް ނަޖީބް ވިދާޅުވީ ފައްސިވެފައިވާ ފަރާތަކީ ގއ. ގެމަނަފުށިން ނަޑެއްލާއަށް ދަތުރުކޮށްފައިވާ ފަރާތެއް ކަމުގައެވެ. އަދި މިހާރު މި ކޭސްއާ ގުޅުންހުރި ފަރާތްތައް ދަނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސްކަތް ކުރިއަށްދާ ކަމަށްވެސް ފައިސަލް މައުލޫމާތު ދެއްވިއެވެ.

މީގެ ކުރިންވެސް ނަޑެއްލާއިން ފައްސި ގިނަ ކޭސްތަކެއް ފެނިގެން 1 މަސް ދުވަހުގެ މުއްދަތައް އެޗް.ޕީ.އޭ އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވާފައެވެ.