English Edition
Dhivehi Edition

އިންޓަރ އޮފީސް ބަށި މުބާރާތުގައި އަންހެނުންގެ ކޮމިޓީ އާއި ވާދަކޮށް އެސްޓީއޯ ވިލިނގިލި ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގައި 7 ވަނަ މެޗް މިއަދު ހަވީރު ވަނީ ކުރިއަށް ގޮސްފައެވެ. އެގޮތުން މި މެޗްގައި ބައްދަލް ކުރީ އެސްޓީއޯ ވިލިނގިލި އާއި އަންހެނުންގެ ކޮމިޓީއެވެ. އެސްޓީއޯ 11 ލަނޑު 0 ފޯލި ދީފައިވާއިރު އަންހެނުންގެ ކޮމިޓީއިން 3 ލަނޑު 11 ފޯލި ވަނީ ދީފައެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެސްޓީއޯ ޓީމުގެ ނަސްރާ ނާސިރުއެވެ.

މި މުބާރާތުގެ 5 ވަނަ މެޗްގައި ގއ އަތޮޅު ކައުންސިލާއި ވާދަކޮށް 2 ފޯލިގެ ތަފާތުން އެސްޓިއޯ ވިލިނގިލި ވަނީ އެ މެޗް ކާމިޔާބުކޮށްފއެވެ.

މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބާހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

އެގޮތުން މިއަދު ކުޅެން ހަމަޖެހިފައިވަނީ ވިލިނގިލި ކައުންސިލާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒް އަދި ގއ އަތޮޅު ހޮސްޕިޓަލާއި ފެނަކަ ވިލިނގިލިއެވެ.

މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.