English Edition
Dhivehi Edition

ގެމަނަފުށިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއް ކޮވިޑަށް ޕޮސިޓިވްވުމާ ގުޅިގެން މިހާރު ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ގެމަނަފުށީ ސިއްޙީމަރުކަޒުން ބުނެފިއެވެ. .

މިއީ ރަށުގައި ރޯގާގެ ބަލިމަޑުކަން އިތުރުވަމުންދާތީ ރަށުގެ ހާލަތު ދެނެގަތުމުގެ ގޮތުން ނެގުނު ރެންޑަމް ސާމްޕަލްތަކެއް ކަމަށާއި، މިގޮތުން މިއަދު ޖުމްލަ 20 ސާމްޕަލް ނަގާފައިވާނެކަމަށް ގެމަނަފުށީ ސިއްޙީމަރުކަޒުން ވަނީ މައުލޫމާތު ދެއްވާފައެވެ. ނެގުނުސާމްޕަލް ތަކުގެތެރެއިން 5 ސާމްޕަލް ޕޮސިޓިވް ވެފައިވާއިރު، އެއީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ. މީގެއިތުރުން މާދަމާ އިތުރު ރެންޑަމް ސާމްޕަލް ތަކެއް ނެގިގެންދާނެ ކަމަށްވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

ގެމަނަފުށީގެ 85 އިންސައްތައަށް ވުރެ ގިނަ ފަރުދުން މިހާރު ކޮވިޑް ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާކަން އެރަށު ސިއްޙީމަރުކަޒުން ވަނީ ފާހަގަކޮށްފައެވެ. މިރޭގެ ވަގުތެއްގައި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު، މިއީ މިގޮތަށް ގެމަނަފުށިން ކޭސްތަކެއް ފެންމަތިވި ދެވަނަފަހަރުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

ޓެގު