English Edition
Dhivehi Edition

ދެ ފޯލުގެ ތަފާތުން އެސްޓީއޯ ވިލިނގިލި ކާމިޔާބު ކޮށްފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގައި ފަސް ވަނަ މެޗް މިއަދު ހަވީރު ވަނީ ކުރިއަށް ގޮސްފައެވެ.

އެގޮތުން މި މެޗްގައި ބައްދަލް ކުރީ އެސްޓީއޯ ވިލިނގިލި އާއި ގއ އަތޮޅު ކައުންސިލްއެވެ. އެސްޓީއޯ 7 ލަނޑު 2 ފޯލި ދީފައިވާއިރު ގއ އަތޮޅު ކައުންސިލުން 7 ލަނޑު 0 ފޯލި ވަނީ ދީފައެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެސްޓީއޯ ޓީމުގެ ހަދީޖާ ނިއުމާއެވެ.

މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބާހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

އެގޮތުން މާދަމާ ކުޅެން ހަމަޖެހިފައިވަނީ ގއ އަތޮޅު ހޮސްޕިޓަލާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒް އަދި އަންހެނުންގެ ކޮމިޓީ އާއި އެސްޓީއޯ އެވެ.

މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.