English Edition
Dhivehi Edition
އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް

ރައީސް ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ގަވާޢިދާ ޚިލާފުކަމެއް ނުކުރައްވާކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ޔާމީން ގާނޫނާ ގަވާޢިދާ ޚިލާފުކަމެއް ނުކުރައްވާކަމަށާއި އަދި ގޭ ބަންދުގެ އިގްރާރާ ޚިލާފުކަމެއްވެސް ނުކުރައްވާކަމަށެވެ. އަދި އިންޞާފު ހޯދަން ރައްޔިތުން ނުކުތުމުން ސަރުކާރަށް އެކަން ހަޖަމުނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށްވެސް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ،

އިދިކޮޅުން އިއްޔެ ބޭއްވި ‘އިންސާފު ހޯދަން’ އިހްތިޖާޖު ކުރިއަށްދިޔައިރު ރައީސް ޔާމީން ވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ، ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި ފަހުން ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެން ރައީސް ޔާމީން ހުންނެވި އިރު މިކަމާއި ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅުއަޅާނެކަމަށް ކަރެކްޝަނުންވަނީ ބުނެފައެވެ.