ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހަށް ހަމަވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައެވެ. މި ގޮތުން މިހާރު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި މެއި 2، 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައެވެ.
މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ އިތުރުން މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން 500 ފުރުސަތު ހުޅުވާލާފައިވެއެވެ. މިއަހަރުގެ ލޯނު ސްކީމް އިއުލާންކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ޗާޖް ގެ ގޮތުގައި %1 ހިމެނާފައިވާއިރު ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.
ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެެ.