English Edition
Dhivehi Edition
މީދޫގައި ބޭއްވި އީދު ކުޅިވަރުތަކުގެ ތެރެއިން ފޮޓޯ: ލުބްނާ

ހެރިޓޭޖް މިނިސްޓްރީ އާއި ގުޅިގެން މިއަހަރުގެ އަޟްޙާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްހާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ހަރަދުތަކާއި، އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މިއަހަރު އަޟްޙާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައިކަމަށެވެ. މިގޮތުން ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް އެ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހަޅާ ތިން ރަށެކެވެ.

އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯޒަލް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.