English Edition
Dhivehi Edition

އެމްޓީސީސީގެ ސީ.އެސް.އާރު ގެ ދަށުން މީދޫ ސްވިމިންގް ޓްރެކް ސަރަހައްދުގައި ޖިއޯ ބޭގްސް ޖަހައިގެން ހިމާޔަތްކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ،

އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މީދޫ ސްވިމިންގް ޓްރެކްސަރަހައްދުގައި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތަށް ޖުމްލަ 42,934,462 ރުފިޔާ ހަރަދުވާނެކަން ވަނީ ހާމަކޮށްފައެވެ. އަދި އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރެވިގެން ޖިއޯ.ބޭގްސް ޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މީދޫ ޓޫރިޒަމް ޒޯން ފެހިކުރުމުގެ މަސައްކަތާއި މަގުހެދުމާއި ޑްރެއިނޭޖް ޖަންކްޝަން ވަޅުލުމާއި ބިމަށް އިތުރުކުރެވޭ ބައި ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިއީ 7,664,063.82 ރުފިޔާގެ މަޝްރޫއެކެވެ. މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މީދޫގައި ސައިޓް މިއުޒިއަމް އެއް ތަރައްޤިކުރުމަށް 4,500,000 ބަޖެޓްކޮށްފައިވާ އިރު މިހާރު ކުރިއަށްދަނީ ޓެކްނިކަލް ޑްރޯވިންގ ހެދުމުގެ މަސައްކަތެވެ.

އެމްޓިސީސީ އާއި ހަވާލުކޮށްގެން މީދޫ ބަނދަރުގެ ރިވެޓްމަންޓް ޖަހައި ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވާއިރު މިއީ 38,624,660 ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މި މަޝްރޫގައި މިހާރު ކުރިއަށް ދަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ބޭނުމަށް ކަރަންޓުލުމުގެ މަސައްކަތެވެ. މީދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް އިޢުލާން ކުރުމަށް ނިންމާފައިވާއިރު މި މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

މީދޫ އިޖުތިމާއީ މަރުކަޒު ތަރައްޤީ ކުރުމަށް ކޮންސެޕްޗުއަލް ޑިޒައިން ފައިނަލް ކޮށް އިޢުލާން ކުރުމުގެ މަރުހަލާ ފެށިފައިވާއިރު މިއީ 7,936,456.00 ހިންގާ މަޝްރޫއެކެވެ. މީގެ އިތުރުން މީދޫ މަތިކިޅި ތަރައްޤީކުރުން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މިއީ 300,000.00 ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ ރޯޑް ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ މީދޫ 20.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އީއައިއޭ ކުރިއަށްދާއިރު ބިން ހިއްކުމުގެ ޓެންޑަރ އިވެލުއޭޝަން ނިމި އެވޯޑް ކުރުމުގެ މަރުހަލާވަނީ ނިމިފައެވެ.