English Edition
Dhivehi Edition
ފޮޓޯ: އީމާން އަބްދުﷲ

އައްޑޫ ސިޓީ ކައުންސިލުން ވަނީ 08 ސެޕްޓެމްބަރާއި ހަމައަށް އެ ސިޓީގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތަފްސީލް އާންމުކޮށްފައެވެ. މި ގޮތުން ކައުންސިލުން ބުނީ މި ވަގުތު އައްޑޫގައި 5 ބިލިއަން ރުފިޔާގެ މަޝްޢޫރުތައް ފެށިގެން ކުރިއަށްދާ ކަަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އައްޑޫ ސިޓީ ހުޅުދޫގައި ޖުމްލަ އަށް މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ގޮތުން ހުޅުދޫގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހުލޫދޫ މީދޫ ގޭ ދޮށު މަސްޕްލާންޓް ގެ މަސައްކަތް ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން 7,687,168.00 ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގައި މި ވަގުތު ކުރިއަށް ދަނީ ފިޝަރީސް މިނިސްޓްރީ އިން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށްދާއިރު ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ނިމި އީއައިއޭ ނިމުމުން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހުޅުދޫ ބަހާއުއްދީން މަގު ތަރައްޤީ ކުރުމުގެ މަސައްކަތަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 42,500,000.00 ހަރަދުކޮށްގެން ހިންގާ މި މަޝްރޫގެ ދަށުން މިހާރު މި މަގުގައި ތާރު އެޅުމުގެ މަސައްކަތް މުޅިން ނިމިފައި، ޕޭވްމަންޓް ބެހެއްޓިފައި ޑްރެއިނޭޖް ސިސްޓަމްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މުޅިން ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ސްޓޯރމް ވޯޓާރ ސިސްޓަމް ކަނެކްޓް ކުރުމުގެ މަސައްކަތެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުދޫގައި ކުރިއަށް ގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ހުޅުދޫ އަވަށުގައި ޑިޓޮކްސިފިކޭޝަން ސެންޓަރއެއް ތަރައްޤީ ކުރުމުގެ މަސައްކަތެވެ، މިހާރު މި މަޝްރޫއުގެ މޭސަނަރީގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޕްލަމްބިންގ އަދި އިލެކްޓްރިކަލް ވޮރކްސްގެ މަސައްކަތެވެ. މި މަސައްކަތަށް ބެނުންވާ ހުރިހާ މެޓީރިއަލްސް ސައިޓަށް ގެނެވިފައިވާއިރު އިންޓީރިއަރ ޕްލާސްޓަރިންގ ގެ މަސައްކަތް ނިމި އެކްސްޓީރިއާ ޕްލާސްޓަރިންގ ގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 6,014,971.00 ރުފިޔާއެވެ.

ހުޅުދޫ ޓޫރިޒަމް ޒޯންގެ އީއައިއޭ ނިމި މަސައްކަތައް ބޭނުންވާ ތަކެތި ޕްރީ ކާސްޓްކޮށްފައިވާއިރު ސައިޓް ސާފުކޮށް އަމަލީ މަސައްކަތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫއަކީ އައްޑޫ ސިޓީ ކައުންސިލުން 7,664,063.82 ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ،

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން 5,833,233.00 ރުފިޔާ ހަރަދުކޮށްގެން ހުޅުދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ވަނީ ޖަމާކޮށްފައެވެ. 3,053,563.20 ރުފިޔާ ހަރަދުކޮށްގެން ހުޅުދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުއަށް އިތުރުކުރެވުނު މަސައްކަތާއި އެކު އަލުން އިއުލާންކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 61,131,558.00 ހަރަދުކޮށްގެން ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށިފައިވާއިރު މިހާރު ކުރިއަށް ދަނީ ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ބަނދަރުގެ 500 ފޫޓްގައި ބޮލްކްސްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު ބަނދަރު ހިއްކުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 74,318,066.00 ހަރަދުކޮށްގެން ހުޅުދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވާއިރު މިއީ 30 އޮކްޓޯބަރ 2019 ގައި އެމް.ޓީ.ސީ.ސީ އާއި އެކު ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ މަޝްރޫއެކެވެ.

ކޮންސްޓްރަކްޝަން އޮފް ހުޅުދޫ ވިޒިޓާރސް ސެންޓަރ އެންޑް ޕަބްލިކް ޓޮއިލެޓްސްގެ ކޮންސެޕްޓް ތައްޔާރުކުރެވި ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު 7,000,000.00 ރުފިޔާގެ މަޝްރޫއެކެވެ. ސ.އަތޮޅު މަދަރުސާ 06 ކްލާސްރޫމްގެ 2ވަނަ ފްލޯރގެ ޓައިލްސްހެޖުން ފިޔަވައި ހުރިހާ މަސައްކަތެއް ނިމިފައިވާއިރު މިއީ 10,352,843.00 ރުފިޔާގެ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އައްޑޫ ސިޓީގެ ފަސް ރަށެށްގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މި މަޝްރޫއުގެ އަގަކީ 75,106,617.00 ރުފިޔާއެވެ. މި ގޮތުން ހުޅުދޫގެ 11.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިވެލުއޭޝަން މަރުހަލާ ނިމި ކޮންޓްރެކްޓްގައި ސޮއި ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އައްޑޫ ރޯޑް އެންޑް ޑްރެއިނޭޖް ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުދޫގެ މަގުތަކުގައި ތާރުއަޅައަޅައިގެން ރަގަޅު ފެންވަރަށް ފެން ބޭރުކުރާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމާއިއެކު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ ސަރވޭ ގެ މަސައްކަތް ވަނީ އެއްކޮށްނިމިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނައިރު މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ފަރާތްތަކާއި މެނޭޖްމެންޓް އަދި މަސައްކަތް ކުރާ މީހުން އައްޑޫއަށް އައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އައްޑޫ މަގު ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް އެފްކޮންސް އިން ތައްޔާރުވަމުން އަންނައިރު މިއީ 143,927,684.89 މަޝްރޫއެކެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ އަވަށެށްގައި އެރައިސް އަދި އެސްޕަޔާރ މަޝްރޫޢުގެ ދަށުން ސޯލާރ ހަކަތައިގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކާރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެ ލަނޑުދަނޑިތައް ހާސިލް ވުމަށް މި ޕްރޮޖެކްޓްގެ ތެރެއިން މަގުފަހިވެގެންދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ހާއްސަކޮށް މިއީ ދުނިޔޭގައި މިހާތަނަށް މޫދު ސަރަހައްދެއްގައި ބޮޑު ސްކޭލް އެއްގައި ފްލޯޓިންގ ސޯލާރ އިން ހަކަތަ އުފެއްދުމަށް ކުރެވޭ މަސައްކަތްކަމުގައި ވާއިރު މިހާރު ކުރިއަށްދަނީ ބިޑިންގ ޕްރޮސެސްެވެ. ފްލޯރޓިންގ ސޯލާރ ހަރުކުރުމަށް ސައިޓް ސާރވޭކޮށް ޑޭޓާރ ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ލޯކަލް ބީޗުތަކާއި ޓޫރިޒަމް ޒޯންތަކުގެ ބީޗްތަކުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތްކުރިއަށް ދާއިރު މަރަދޫ، ފޭދޫ، ހުޅުދޫ،މީދޫ ، ހިތަދޫ ޓޫރިޒަމް ޒޯންގެ ބީޗްތައް ހެދުމަށް ބޭނުންވާ ކޮންސެޕްޓް ތައްޔާރުކޮސް އީ.އައި.އޭ ހެދުމާއި ގައުކެނޑި ބީޗް ހެދުމަށް ކޯސްޓަލް ޕްރޮޓެކްޝަން ލާނެ ގޮތުގެ ޑިޒައިން ހެދުމާއި ހުޅުދޫ ލޯކަލް ބީޗް ތަރައްޤީ ކުރުމަށް އީއައިއޭ ހެދުމަށް ބޭނުންވާނެ ޑޭޓާރ ކަލެކްޓްކޮސް ސާރވޭ ނިންމައި އީޕީއޭއަށް ވަނީ ހުށަހަޅާފައެވެ. އައްޑޫ ސިޓީގައި ތަރައްޤި ކުރެވޭ ބީޗްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު މި އީއައިއޭގެ ރިޕޯރޓް ލިބުމާއި އެކު މަސައްކަތްތައް ބާރު ސްޕީޑްގައި ފެށިގެން ކުރިއަށްދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއީ 638,120.00 ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ ސިޓީގެ 05 އަވަށުގެ ޓޫރިޒަމް ޒޯންތަކަށް ކަރަންޓުލުމުގެ މަސައްކަތް ކުރިއަށްދާއިރު މިއީ 10,100,000.00 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްޤީ ކުރެވެމުންދާ ޓޫރިޒަމް ޒޯންތަކަށް ބޭނުންވާނެ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާނެ ޓްރާންސްފޯރމާތައް ބެހެއްޓުމާއި ކަރަންޓު ނެޓްވޯރކް ވިއުގަ އާއި ގުޅުވުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔަރުވަމުންނެވެ.

އައްޑޫގެ ޓޮޕޮގްރަފިކް ސާރވޭޑް މެޕްސް ހެދުމުގެ މަސައްކަތާއި މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރިޒިލިއަންސް ޕްރޮޖެކްޓްގެ މަސައްކަތްވެސް ކުރިއަށް ދާއިރު އައްޑޫގެ ބިމާއި ފަޅާއި ހިމެނޭ ގޮތަށް ޓޮޕޮގްރެފިކް ސާރވޭ ހެދުމުގެ މަސައްކަތުގެ ބޮޑުބައިވަނީ ނިމިފައެވެ. އަދި ލޭންޑް ޔޫޒް ޕްލޭން ހެދުމާއި ޑިވެލޮޕްމަންޓް ޕްލޭން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.