English Edition
Dhivehi Edition
ފޮޓޯ:ވަގުތު

ބޮޑުވަޒީރުކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއްކަމަށް ވިދާޅުވެ، ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ދެއްކެވި ވާހަކައަށް އެމްޑިޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރައްވައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި، އެހެން ޕާޓީތަކުގެ ތާއިދު ހޯއްދެވުމަށް ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތްކުރައްވަމުން އަންނައިރު ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދުވަނީ ގާސިމްއަށް ވަރަށް ބަޮޑަށް ތާއިދުކޮށް ތައުރީފުކުރައްވާފައެވެ.

މި ގޮތުން ރައީސް ނަޝީދުގެ އަރިސް މެންބަރެއް ކަމަށްވާ އަހްމަދު ހަލީމް ވިދާޅުވީ ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށާއި މި ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގެ އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމަށެވެ.

މި ވާހަކައަށް ރައްދު ދެއްވަމުން ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދެއްވަން އޭނާއަށް ތާއިދު ނުކުރެއްވޭނެ ކަމަށެވެ.

ގާސިމަށް ބޮޑުވަޒީރުކަން ދިނުމަށް ބޮންޑޭ ދެކޮޅު ހައްދަވާފައިވާއިރު ރައީސް ނަޝީދު ވަނީ ގާސިމަކީ ބޮޑު ވަޒީރު ކަަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި، ހަލީމަކީ ދުރު ވިސްނޭ ބޭފުޅެއްކަމުގައި ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ އިތުރުން އަހްމަދު ހަލީމް ވެސް ވަނީ ބޮންޑޭ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. މި ގޮތުން އޭނާ ވިދާޅުވީ މި ވާހަކައަކީ ބައެއް ބޭފުޅުންނަށް އުނދަގޫ ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ގޮތް ކަމަށާއި ޒާތީ ނަޒަރަކުން ބެލީމަ ކަމުނުދާނެކަމަށް ވިދާޅުވެފައެވެ.

 

1 ކޮމެންޓް
ތަބައް ޢަދުނާނު
ސެޕްޓެމްބަރު 8, 2021
(ގޮށިދީދީ) ހައްދާފަ ބަހައްޓާ އޭރުން، ހުރިހާކަމެ- ވެސް ރަނގަޅުވާނީ!