English Edition
Dhivehi Edition
ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގެ ވޯޓުލުން

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާއަށް ބިރާއި ނުފޫޒު ފޯރުވާތީ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމްއިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާ އަދި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުން ދާ ކަމަށެވެ. އެޗްއާރްސީއެމްއިން ވަނީ އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ކަމާ ގުޅުން ހުރި މުއައްސަސާތަކުން ހަރުކަށި ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ގޮވާލާފައެވެ.

މީގެ އިތުރުން އެޗްއާރްސީއެމްއިން ވަނީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ.

އިތުރަށް އެޗްއާރްސީއެމް އިން ވަނީ މަޖިލިސް އިންތިހާބަށް ކުޑަތަންވަމުން އަންނައިރު އިންތިހާބުގައި ވާދަކުރާ އެންމެހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަވެރިކަމާއެކު ކެމްޕެއިން ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންތިހާބުގެ ކެމްޕެއިންގެ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުމުގައި އެއް ކެންޑިޑޭޓެއް އަނެއް ކެންޑިޑޭޓަށް އިހުތިރާމު ކުރުމަށާއި، ރިވެތި އަހުލާގާއި ސުލޫކު އިސް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.