English Edition
Dhivehi Edition

ތަފާތު އެކި ރޮނގުރޮނގުން އަންހެނުން ގައުމަށް ކުރާ ހިދުމަތް ފާހަގަކޮށްދޭ ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ދެ ކަނބަލަކު ހިމެނިވަޑައިގެންފިއެވެ.

2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެވޯޑު ދިނުމަށް ރެހެންދި ސްކޫލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްޑޫ ސިޓީއިން އެވޯޑް ހާސިލްކޮށްފައިވަނީތައުލީމީ ދާއިރާއިން، އަހުމީމާ ލުތުފީ, މީނާޒު ސ. މީދޫ އާއި ކުޅިވަރު ދާއިރާއިން، ހައްވާ ރާމިޒާ، އަސޭމިރުސްގެ، ސ. ހިތަދޫއެވެ،

ހެންދި އެވޯޑަކީ މުޖުތަމައުއާއި ގައުމުގެ ތަރައްގީއަށާއި ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދޭ ހާއްސަ އެވޯޑެކެވެ. މި އަހަރުގެ ރެހެންދި އެވޯޑު 14 ކަނބަލަކަށް ދީފިއެވެ. އޭގެ ތެރޭގައި

އިޖްތިމާއީ ދާއިރާއިން:

  • ފާތިމަތު އިބްރާހިމް, ކާނިމާގެ ޅ. ހިންނަވަރު
  • މަރިޔަމް ޝުނާނާ، ހ. ވިލެސްވަރުގެ، ކ. މާލެ

އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން

  • ޝިފްޒާ މުސްތަފާ، އާސާނު، ޏ. ފުވައްމުލައް
  • އައިޝަތު ހުސައިން މަނިކު، ހ. ރީނދޫ ކޮކާގެ، ކ. މާލެ
  • އާމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
  • ހައްވާ ލަތީފް، ހުޅުމާލެ ފްލެޓް 1-3-10
  • މިންހާ ފާއިޒު، ހުޅުމާލެ ފްލެޓް 2-1-99
  • ސާޖަންޓް ފަސްޓް ކްލާސް ނަސްރީނާ ހަސަން، ދަފްތަރު ނަމްބަރު ރ.ސ2923

ސައިންސް ޓެކްނޮލޮޖީ އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާއިން،

  • އައިމިނަތު ޝާހާ ހާޝިމް، ކ. މާލެ
  • ޒީނިއާ އަހުމަދު ހަމީދު، މ.ކްރިނބީލޮޖް، ކ. މާލެ
  • ތައުލީމީ ދާއިރާއިން، އަހުމީމާ ލުތުފީ, މީނާޒު ސ. މީދޫ
  • ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން، ނާދިޔާ އަބްދުލްޣަފޫރު، ލ. ކުނަހަންދޫ
  • ކުޅިވަރު ދާއިރާއިން، ހައްވާ ރާމިޒާ، އަސޭމިރުސްގެ، ސ. ހިތަދޫ
  • އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާއިން، ޝިޔާމާ އަހުމަދު، މ. ކަރޭޖް، ކ. މާލެ
  • ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމެޓީ

ރެހެންދި އެވޯޑު ޙާޞިލްކުރެއްވި ބޭފުޅުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.