English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިފްކޯއިން ހިންގާ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކާ، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުނަށް، އަ ހާބާ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތުގައި “ޖައްރާފާ 3” ގެންދަނީ ދެ ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށް އެމްޓީސީސީ އިން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ އެޕްރީލް މަސްތެރޭގައެވެ.

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 68.80 މިލިއަން ރުފިޔާ އެވެ.