English Edition
Dhivehi Edition
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: އަވަސް

އެމްޑިޕީ އަކީ މި ގައުމު ކައި، ހުސްކުރާ ސޭލް އަޅުވާ ޕާޓީކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޕާޓިއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ކޯލިޝަނުން ބޭއްވި އައްޑަނަ ޖަލްސާގައި ޑރ.ޖަމީލް ވިދލުވީ ގިނަ ވައުދުތަކާއި އެކު ވެރިކަމަށް އައުމަށް ފަހު ޑިމޮކްރަސީގެ ނަމުގައި އެމްޑީޕީއަށް ކުރެވޭހާ ވެސް ކަމަކީ ވައްކަންކޮށް ގައުމު ލޫޓުވާލުންކަމަށެވެ.

.މި ސަރުކާރުން ގެނައި އެއްވެސް ތަރައްގީއެއް ނެތްކަން ފާހަގަކުރައްވަމުން ޑރ،ޖަމީލް ވިދާޅުވީ ސަރުކާރަށް ކުރެވުނުހާ ވެސް ކަމަކީ ގައުމު ވިއްކުމުގެ އިތުރަށް ވައްކަން ކުރުން ކަމަށެވެ. އަދި އެމްޑީޕީން އަބަދު ވެސް ވައްކަން ކުރަނީ ނޭވާ ހޮޅިން ކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ވެރިކަމަށް އައުމަށް އެމްޑީޕީން ވެފައިވާ ބައެއް ވައުދުތަކަށް އިޝާރަތްކުރަމުން ޑރ.ޖަމީލް ވިދާޅުވީ އެ ޕާޓީން އެތައް ވައުދެއް ވެފައިވީނަމަވެސް އެ ވައުދުތައް ފުއްދިފައި ނުވާކަމަށެވެ. އެމްޑީޕީ ވެރިކަމަށް އަންނަ ފަހަރަކީ ގައުމު މިނިވަންކަމާއި މެދު ސުވާލު އުފެދާ ހާލަތްތަކެއް އަންނަ ދުވަސްތަކެއްކަމަށް ޑރ.ޖަމީލްވަނީ ވިދާޅުވެފައެވެ. އަދ

ދިވެހިންގެ ތެރޭގައި ވަރަށް ގިނަ ހިތްދަތިކަން އެބަހުރި ކަން ފާހަގަކޮށް ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީންގެ ނަމުގައި ހެކިތައް އުފައްދައި، އެމަނިކުފާނު ފްރޭމްކުރުންކަމަށެވެ.