އެކުވެރި އަދި އަވައްޓެރި ގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ނުލިބެނީ ރައީސް މުހައްމަދު މުއިއްޒުގެ ބޯހަރުކަމުން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ސޯލިހް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ސޯލިހް ވިދާޅުވީ ރާއްޖެއަށް މިވަގުތު މާލީ ގޮތުން ކުރިމަތިވެގެން އުޅޭ ދައްޗަކީ، މީގެ ކުރިން ޕީޕީއެމުން ވެރިކަމުގައި އޮތް އިރު ޗައިނާއިން ނެގި ލޯނުތައްކަމަށެވެ. އެ އަދަދު އިންޑިއާއިން ނަގާފައިވާ ލޯނުތަކަށް ވުރެ މާ ބޮޑުކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ ރާއްޖެއަށް އެހީވެދޭނެ ބައިވަރު މީހުން އެބަތިބިކަމަށެވެ.
“ބޯހަރުކަން ދޫކޮށްލާފައި މީހުންނާ ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަ ތިބި. އެހެން ނަމަވެސް ގޮތް ދޫކުރާކަށް ނޫޅުއްވާ.” ސޯލިހް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ދަށުން ކަންކަން އަދި މިދަނީ ހަމަ މަގުން ނޫންކަން ފާހަގަކުރައްވަމުން ސޯލިހް ވަނީ މިސްރާބު ހަމަ މަގަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސޯލިހް ވަނީ ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދާ ގޮތާ މެދުވެސް ފާޑުވިދާލުވެފައެވެ.