English Edition
Dhivehi Edition

ފުލުހުންނާ ސިފައިންގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާންކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސިފައިނާއި ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަން ޖެހޭ ފިޔަވަޅު އެޅާނެކަމަށެވެ. ނަމަވެސް ސިފައިންނާ ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މި ގޮތަށް ޓުވިޓްކުރައްވާފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އިހުތިޖާޖު ކަވަރުކުރަން މަސައްކަތް ކުރި ބައެއް ނޫސްވެރީންނަށް ފުލުހުން އަމަލު ކުރި ގޮތުން އަނިޔާވުމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.