English Edition
Dhivehi Edition
ފޮޓޯ: ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

2011 ވަނަ އަހަރު އެމްޑީޕީ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކޮށް މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ވަޑައިގެންނެވި އަހުމަދު ސަމާހު ރަޝީދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފިއެވެ،

މަރުކަޒީ ނިޒާމުގެ ދަށުން، ފުރަތަމަ މާލޭގެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ސަމާހް ޕީޕީއެމް އަށް ސޮއި ކުރައްވާފައި ވަނީ މިރޭ ޕީޕީއެމް އިން ބޭއްވި’އައްޑަނަ’ ޖަލްސާގައެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އެކި ކޮމެޓީތަކުގައި މަސައްކަތްކުރެއްވި ސަމާހު ޕީޕީއެމް އާއި ގުޅުނީ 80 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކުގައެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި މީގެ ކުރިން ވަރަށް އިސްކޮށް އުޅުއްވި ސަމާހު ޕީޕީއެމް އަށް ސޮއިކޮށްފައިވާއިރު، އެ ޕާޓީން އަންނަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވަމުންނެވެ.

މި ގޮތުން ޕީޕީއެމްގެ ޓީމުތައް ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަނަ އިރު މިއީ މި ވަގުތު އެ ޕާޓީން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްކަމަށް ޕާޓީގެ ލީޑާރޝިޕުންވަނީ ބުނެފައެވެ،

ގިނަ ދުވަސްތަކަށްފަހު މިރޭ އެޕާޓީން ބޭއްވި ޖަލްސާއަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ޖަލްސާގައިވެސް މެމްބަރުންގެ ފޯމުތައް ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ،