English Edition
Dhivehi Edition

50،000 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރަކާއި އެކު މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021 ގެ ގިފްޓް ޕާރޓްނަރ އަކަށް މުނިހޯމްކެއަރ ހަމަޖައްސައިފިއެވެ. ހައިރައިޒް ފްރައިވެޓް ލިމިޓެޑްއިން ވިދާލުވީ މި އެކްސްޕޯގެ ޕާރޓްނަރ އަކަށް ވިޔަފާރީގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުނިހޯމްކެއަރ ހަމަޖެހުމަކީ އެކްސްޕޯއަށް ލިބުނު އިތުރު ފުރިހަމަ ކަމެއް ކަމަށެވެ. ހައިރައިޒް ފްރައިވެޓް ލިމިޓެޑްއިން ވަނީ 9 ވަނަ މޯލްޑިވްސް ލިވިން އެކްސްޕޯ ނޮވެމްބަރ 18 އިން 20 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކް ގައި ކުރިއަށް ގެންދިއުމަށް އިއުލާންކޮށް އެޗްޑީސީ އާއި އެކު ޕާރޓްނަޝިޕް ސޮއި ކޮށްފައެވެ.ހައިރައިޒްގެ ފަރާތުން ޕާރޓްނަރޝިޕްގައި ސޮއި ކުރެއްވީ، ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާރކެޓިން، މަރިޔަމް މައިޝާއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހްމަދު އާތިފް އެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ 9 ވަނަ އެޑިޝަން އިއުލާން ކުރަމުން ހައިރައިޒް އިން މީޑިޔާ އާއި މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ މިފަހަރުގެ އެކްސްޕޯ އަކީ ވެސް ފާއިތުވެދިޔަ 8 މޯލްޑިވްސް ލިވިންގް އެކްސްޕޯތައް ފަދަ ކާމިޔާބު އެކްސްޕޯއެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއަހަރު ހުޅުމާލެ ސެންޓްރަލް ޕާކް ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯ ވެގެން ދާނީ ރިއަލް އެސްޓޭޓްގެ ދާއިރާއިން މިސަރަހައްދުގައި ފާހަގަ ކޮށްލެވޭ ކުންފުނިތަކާއި، އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާނެ ހިދުމަތްތަކުގެ އިތުރުން އެހެނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް އިތުރަށް ފުރިހަމަ ކުރެވިފައިވާ އެކްސްޕޯ އެއް ކަމަށެވެ.

2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިންގް އެކްސްޕޯއަކީ ޕަބްލިކޭޝަން އަދި ޕީއާރު ދާއިރާގެ އިތުރުން އިވެންޓް މެނޭޖްމަންޓްގެ ދަާއިރާއިންވެސް ރާއްޖޭގައި އެންމެ ކުރި އަރާފައިވާ ކުންފުއްޔެެއްކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓަޑުން އިންތިޒާމްކޮށް ހިންގާ އިވެންޓެކެވެ. އަދި މޯލްޑިވްސް ލިވިންގް އެކްސްޕޯ ފާހަގަ ވެފައިވަނީ ފާއިތުވެ ދިޔަ 8 އަހަރުގައިވެސް ރާއްޖޭގައި ލައިފްސްޓައިލް އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ބޭއްވޭ ހަމައެކަނި އެކްސްޕޯގެ ގޮތުގައެވެ. ހައިރައިސް ޕްރައިވެޓް ލިމިޓެޑުން ފާހަގަ ކުރިގޮތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނަ އިންވެސްޓަރުންނާއި އެވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކުރުވާނެ މެދުވެރިއެއް ކަމަށެވެ. އަދި މީގެ އިތުރުން އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓް ތަކާއި،އިންޓީރިއާ އަދި އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތް ގެންދާނެ ގޮތުގެ މައުލޫމާތުވެސް ލިބިގެންދާނެކަމަށެވެ.