English Edition
Dhivehi Edition

ލިޓްލް ޝެފްސް ކުކިން ކްލާސްކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ހަފްތާ ބަންދުގައި ބޭއްވި މި ޓްރެއިނިންގ މި ޕްރޮގްރާމްގައި 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރައިގެ 15 ކުދިން ވަނީ ބައިވެރިވެފައެވެ. އަދި މިކުދިންނަށް ތަމްރީނު ދީފައިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގެ ހުނަރުވެރި ޝެފުންގެ އިރުޝާދުގެ ދަށުންނެވެ.

މި ޕްރޮގްރާމުގެ ސަބަބުން އެކުދިންނަށް އަމިއްލައަށް ކެއުން އެއްކުރުމުގެ ހުނަރާއި އިލްމު ވަނީ އުނގަންނައިދީފައެވެ. އެގޮތުން ނިއުޓްރިޝަން، ފުޑް ސޭފްޓީ، ސައިންސް، ލިޓްރަސީ، މޯޓަރު ސްކިލްސް އަދި ޓީމްވޯކް ގެ މުހިންމުކަން އެ ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

މި ޕްރޮގްރާމުގައި ޒުވާން ޝެފުންގެ ކިބައިގައި މި ކޮންސެޕްޓްތައް އަށަގެންނެވުމަށް އިސްކަންދީފައިވާއިރު، ކެއުން ބުއިމުގެ އިތުބާރު ބިނާކޮށް، މިއީ އެކުވެރި އަދި ރައްކާތެރި މާހައުލެއްގައި މުނިފޫހިފިލުވުމުގެ އިންޓަރެކްޓިވް އެކްސްޕީރިއަންސަކަށް ހެދުމަށް ވެސް ބާރުއަޅާފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރަމަޟާން މަހު ބަދިގޭގައި ބެލެނިވެރިޔާ/ މަންމަ/ ބައްޕަ އާއެކު ކޮންމެވެސް ވަރެއްގެ ހިތްވަރާއި މުނިފޫހިފިލުވުމުގެ ގޮތުން ކުދިން މޯޓިވޭޓްކޮށް، އެކުދިން ޝައުޤުވެރިކުރުވުމަށް ވެސް މި ޕްރޮގްރާމް ވަނީ ރާވާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ލިޓްލް ޝެފުންނަށް ވަނީ ޕާޓިސިޕޭޝަން ސެޓްފިކެޓް ދީފައެވެ.

ލިޓްލް ޝެފް ޕްރޮގްރާމަކީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 2 ން 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެފް.ބީ ޝޯގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން މި ޕްރޮގްރާމް ހުށަހަޅާފައިވަނީ ޝެފް ގިލްޑް މޯލްޑިވްސް (ސީޖީއެމް) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބޭނުންކުރާ ރެސިޕީތައް އޮންލައިންކޮށް ރެސިޕީ ފޮތެއްގައި ޝާއިއުކުރާނީ ގޭގައި ޓެސްޓް ކުރުމަށް ކުދިންގެ ކަލިނަރީ ސްކިލްސް ބެހެއްޓުމަށް ކަމަށް އެ ފަރާތުން ބުނެއެވެ.