English Edition
Dhivehi Edition
ފޮޓޯ: ހައިރައިޒް

ފުޑް އެންޑް ބެވަރޭޖް ޝޯގެ 5 ވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2 ޖޫން 2022 އިން 4 ޖޫން 2022 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

ހައިރައިޒް އިން ހުށަހަޅައިދޭ ފުޑް އެންޑް ބެވަރޭޖް ޝޯއަކީ ފުޑް އެންޑް ބެވަރޭޖް އިންޑަސްޓްރީ އެއްތަންކޮށް ގެނެސްދޭ އެކްސްކްލޫސިވް ޝޯއެކެވެ.

މި ޓްރޭޑް ޝޯގައި ރިސޯޓު، ހޮޓެލް، ގެސްޓް ހައުސް، ލިވަބޯޑް، ރެސްޓޯރެންޓް އަދި ފުޑް ސަރވިސް އޮޕަރޭޓަރުންނާއި ފުޑް އެންޑް ބެވަރޭޖް ހޯލްސޭލަރުންނާއި އެކްސްޕޯޓަރުން / އިމްޕޯޓަރުންނާއި ކަލިނަރީ އެކްސްޕާޓުން އަދި މިނޫން ވެސް ގިނަ ތަންތަނުން ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފަރާތްތަކުން ބައިވެރިވާނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް މާކެޓުގައި އަލަށް ތައާރަފުކުރި ކާބޯތަކެއްޗާއި ބުއިންތައް ބައްލަވައިގަތުމަށާއި ލިބެން ހުރި ފުޑް ސާމްޕްލިންގ އާއި ރަހަ ބަލާލުމުގެ އޮޕްޝަންތައް ލިބިވަޑައިގަންނަވާނެއެވެ. ދިރާގުން ވަނީ މުޅި އެކްސްޕޯގައި ވެސް ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެ ކަމަށެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯއަކީ ރާއްޖޭގެ ރަހަތަކަށް ކޭޓަރިންގ ގެ އިތުރުން ކާބޯތަކެއްޗާއި ބުއިންތަކުގެ އެންމެ ބޮޑު ސެލެކްޝަން އެކްސްޕްލޯކޮށް ސާމްޕަލް ނެގުމުގެ ފުރުސަތު ލިބޭ ޝޯއެކެވެ.

އެފް.ބީ ޝޯ ޕްރީ އިވެންޓް މާކެޓިންގ އެންޑް ޕްރޮމޯޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފޯރިގަދަ އަދި އިންޓަރެކްޓިވް ހަރަކާތްތަކެއްގެ ގޮތުގައެވެ.

މި ހަރަކާތުގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ހަރަކާތްތަކަށް ފޭސްބުކް އަދި އިންސްޓަގްރާމްގައި @highriseint @highrise ފޮލޯ ކޮށްލުމުން ލިބިވަޑައިގަންނަވާނެއެވެ.