English Edition
Dhivehi Edition
ލިވިން އެކްސްޕޯގެ ބީއެމްއެލް ސްޓޯލް ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ހައުސިންގް ފައިނޭންސިންގެ ގިނަ ފުރުސަތުތަކާއެކު ކުރިއަށް ގެންދިޔަ ލިވިންގް އެކްސްޕޯ ނިންމާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާރޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުން ކަމަށެވެ. އަދި މިވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް (25 އަހަރު) ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ބީއެމްއެލް އިސްލާމިކް ގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑުވެސް ތައާރަފްކޮށްފައެވެ.

ލިވިން އެކްސްޕޯ ކުރިޔަށްދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.