English Edition
Dhivehi Edition

ފަސް ވަނަ “ފުޑް އެންޑް ބޭވަރޭޖަރސް ޝޯވް” 2022 ފެށުމުގެ އެންމެ ފަހު 10 ދުވަސް ގުނަން ފެށިއްޖެއެވެ.

މިއީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ފުރުސަތު ތަނަވަސް، އަދި އެންމެ ގިނަ ކާބޯތަކެތީގެ ބާވަތްތައް ތަމްސީލުކުރުވާގޮތުގައި ހައިރައިޒް އިން އިންތިޒާމްކޮށް ބާއްވާ އިވެންޓެކެވެ.

ފުޑް އެންޑް ބޭވަރޭޖަރސް ޝޯވ އަކީ ދިވެހީންގެ ރަހަތަކަށް ފޯރުކޮށްދެވޭ، ވަކިވަކި ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް ދައްކުވައިދޭ އެންމެ ބޮޑު ޝޯވ އެވެ. އަދި މިއީ ޚާއްޞަކޮށް ދިވެހިރާއްޖޭގެ ކާބޯތެކެތީގެ ޞިނާޢަތުގައި ހިންގާ ވަކި ވިޔަފާރިތައް އެއްތަންކުރުވާ އެންމެ ބޮޑު ޝޯވ ވެސް މެއެވެ.

މިޝޯވގައި ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ފަތުރުވެރި އުޅަނދުތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްތައް އޮޕަރޭޓްކުރާ ފަރާތްތަކާއި ކޮންސަލްޓަންޓުން ތަމްސީލުކުރެއެވެ. އަދި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ އެޖެންޓުންނާއި ކާބޯތަކެތި ހޯލްސޭލް ކުރާ ފާރަތްތައް ވެސް ބައިވެއރިވެއެވެ.

މީގެ އިތުރުން ޑިސްޓްރިބިއުޓްކުރާ ފަރާތްތަކާއި، ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ފާރަތްތަކާއި، ކަމާބެހޭ އާލަތްތައް އުފައްދާ ފަރާތްތަކާއި، ކެއްކުމުގެ މާހިރުންނާއި މުޙައްނިކުން ތަމްސީލުކުރެއެވެ.

އެފް އެންޑް ބީ ޝޯވ 2022 ގެ ޕްލެޓިނަމް ސޮޕޮންސަރ އަކީ ނެސްލޭ ޕްރޮފްޝަނަލް އެވެ. އަދި ކޯ-ސްޕޮންސަރުންނަކީ ވިލާ ޓްރޭޑިންގ، ސްޓޭޓް ޓްރޭޑިންގ ގއޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި މޯލްޑިވް ގޭސް އެވެ.

ސަޕޯރޓިންގ ޕަރޓްނަރުންނަކީ ޔުނައިޓެޑް ފުޑް ސަޕްލައިސް، އެސްޓްރަބޮން، އެންޒީ، ސަމަން ޓްރޭޑިންގ، އެކުއަރފޯރ (ޕާމް ޓްރީ މެރިން)، ދިވެހިރާއްޖޭގެ ނޭޝަނަލް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓްއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) އާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީ.ޖީ.އެމް) އާއި އައި.އެން.ކޭ އިންވެސްޓްމަންޓް އަދި މުނި ހޯމް ކެއަރއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ގެ ހެޔޮއެދުންތަކާއިއެކު އެންޑޮސްކޮށްގެން ބާއްވާ މި އިވެންޓުގެ ޕްރިންޓިންގ ޕާރޓްނަރއަކަށް ޕްރިންޓްލެބް، ސެކިއުރިޓީ ޕަރޓްނަރއަކަށް އެބްޒޮލިއުޓް ސެކިއުރިޓި އެންޑް އެޑްވާންސް ސޮލިއުޝަން (އޭ.އެސް.އޭ.ޕީ)، ހަމަޖައްސާފައުވާއިރު، ސެޓް-އަޕް ޕަރޓްނަރަކީ އަސަރީ ސަރވިސަސްއެވެ. އަދި ސައުންޑް އެންޑް ލައިޓިންގ ޕަރޓްނަރއަކަށް އޮފިޝަލް އިވެންޓްސް، ވީޑިއޯގްރަފީ އާއި ފޮޓޯގްރަފީ ޕަރޓްނަރއަކަށް ބްރޭންޑްއެން ވަނީ ހަމަޖައްސާފައެވެ.

މި އިވެންޓުގެ ޑިޖިޓަލް ޕަރޓްނަރގެ ގޮތުގައި ދިރާގު ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕަރޓްނަރެއްގެ ގޮތުގައި ލެމަންގްރާސް، އަދި އޮންލައިން މީޑިއަރ ޕަރޓްނަރަކީ ‘ދައުރު’އެވެ.

ކާބޯތަކެތި ތަމްޞީލްކުރާ މުހިއްމު ޕަރޓްނަރުންގެ ތެރޭގައި އެސް.ޓީ.އޯ، މިފްކޯ، ޔޫރޯ ސްޓޯރ، ކެޕިޓަލް ފުޑްސް، އޮންދިގޯ، ސްޕަރ ފުޑްސް، މުޑުވާލި، ޑަޔާނާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، އެޗް.އެން.ކޭ އިންވެސްޓްމަންޓްސް، އެކްސްޕަރގްލޯބަލް، އައިއޭމް ސުޕަރ މޯލްޑިވްސް، ޑެސަރޓްސް ބައި މަރީނާ، އާއި ޕާމް ޓްރީ މެރިންގެ އިތުރުންވެސް ގިނަ މުމައްސިލުން ފެނިގެންދާނެއެވެ.

މި އިވެންޓުގެތެރޭގައި، “ވިޒިޓް އެންޑް ވިން” ލަކީ ޑްރޯ އާއި، ޚާއްޞަ ޑިސްކައުންޓުތަކާއި، ތަކެތި ގަތުމުގެ ކުރިން ހިލޭ ސާމްޕަލް ކޮށްލުން ހިނގަމުންދާނެއެވެ.

އެފް އެންޑް ބީ ޝޯވ 2020 އޮންނާނީ ޖޫން 2، 3، އަދި 4 ގެ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.